Job Opportunity for a Chief Accountant

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

ޓީއޯއާރް ވިދާޅުވުމަށް

ބޭނުންވާ ޢަދަދު:  1

މުސާރަ:  26,000.00 – 24,000.00ރ

ފެންވަރު ނުވަތަ ޝަރުތު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެދާއިރާއިން ބެޗެލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
  2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ޙާޞިލްކޮށްފައިވުން. 
  3. މައިކްރޯސޮފްޓް  އެކްސެލް، ކުއިކް ބުކްސްގެ އަދި އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރރަނގަޅަށް ބޭނުންކުރަން އެނގުން.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން27 އޮކްޓޫބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށްއެދޭ ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓުން(http://pension.gov.mv) ލިބެން ހުންނާނެއެވެ.

އަދި މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން،މާލެ.

ފޯނު: 1441

އީމެއިލް: [email protected]