Press release: 09 August 2016

ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކުރުމުގެ މަގު ފަހިވުން

  ގެދޮރު ގަތުމަށް ބޭނުންވާ ލޯނުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާ ކޮލަޓަރަލައިޒް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮލަޓަރަލްގެ ގޮތުގައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް މެދުވެރިކޮށް، ލޯނު ލިބުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ޕެންޝަން އޮފީހާއި ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އާއި ދެމެދު އެއްބަސްވުމުގައިވަނީ މިއަދު ސޮއި ކުރެވިފައެވެ. އަދި ވަރަށް އަވަހަށް މިފަދަ އިތުރު މުއައްސަސާތަކާއެކު އެއްބަސްވުންތައް އެކުލަވާލެވޭނެއެވެ. މިގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ގެދޮރު ގަތުމަށް ފައިސާ ކޮލަޓަރަލައިޒް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

  މިއަދު މިހުޅުވިގެންދިޔަ ފުރުސަތުގެ ސަބަބުން ޕެންޝަން ސްކިމުގެ މެންބަރުންނަށް ގެދޮރު ގަތުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް މިއޮފީހުން ގަބޫލު ކުރަމެވެ. 

  6 ޒުލްގައިދާ 1437ހ،  

 9 އޮގަސްޓް 2016 މ، 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މަރިޔަމް ޝާދިޔާ

1441