ވަޒީީީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:  ޑޭޓާ އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު:  1

ފެންވަރު ނުވަތަ ޝަރުތު:

·  އިންފޮމޭޝަން ޓެކްނޮލޮޖީ، ޑޭޓަބޭސް އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދައްވެގެންޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން.

·  ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

·  ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން. (މިދާއިރާއިން ތަމްރީނު ލިބި ސެޓްފިކެޓް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

·  ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާންމިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސްއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 1441

ފެކްސް: 3307759

04 އޮގަސްޓް 2016