ޗީފް އެކައުންޓެންޓްގެ މަޤާމަަށް މީހަކު ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

ޗީފް އެކައުންޓެންޓް ގެ މަޤާމަށް މީހަކު ހޯދުމަށް މިއޮފީހުން ކޮށްފައިވާ  2016/28 ނަންބަރު (13 އޮކްޓޫބަރ 2016) އިޢުލާނާ ގުޅިގެން، އެވަޒީފާއަށް ކުރިމަތިލެއްވި ފަރާތްތަކުގެ ޢަދަދު އެކަށީގެންވާ ވަރަށްވުރެ މަދުކަމަށް ފާހަގަ ކުރެވޭތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމްޗީފް އެކައުންޓެންޓް

ޓާރމްސް އޮފް ރިފަރެންސް ވިދާލުވުމަށް

ބޭނުންވާ ޢަދަދު1

މުސާރަ:   26,000.00 – 24,000.00ރ

ފެންވަރު ނުވަތަ ޝަރުތު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެދާއިރާއިން ބެޗެލާރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން.
  2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ޙާޞިލްކޮށްފައިވުން. 
  3. މައިކްރޯސޮފްޓް  އެކްސެލް، ކުއިކް ބުކްސްގެ އަދި އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރރަނގަޅަށް ބޭނުންކުރަން އެނގުން.

4.  ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ނޮވެންބަރ 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށްއެދޭ ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓުން (http://pension.gov.mv) ލިބެން ހުންނާނެއެވެ.

މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކަށް އަލުން އެޕްލިކޭޝަން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ. އަދި މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ.

ފޯނު: 1441

އީމެއިލް: [email protected]

31 އޮކްޓޫބަރު 2016