ޕެންޝަން ސްކީމްތަކާ ބެހޭ ސުވާލާއި ޖަވާބު

1.  ޕެންޝަނަކީ ކޮބާ؟

އެމީހަކު ވަޒީފާ އަދާ ކުރާ ވަގުތު މުސާރައިގެ ބައެއް ފަހަށް ރައްކާކޮށް ރިޓަޔަރކުރާ ޢުމުރަށް ދިއުމުން، އެރައްކާކުރި ފައިސާއިން މަހުން މަހަށް ލިބޭ އާމްދަނީ


2.  ޕެންޝަނެއްގެ ބޭނުމަކީ ކޮބާ؟

ޕެންޝަންގެ ބޭނުމަކީ ރިޓަޔަރކުރުމަށްފަހު އެހެން ފަރާތަކަށް ބަރޯސާނުވެ ޢުމުރުގެ ބާކީ އޮތްބައި ޢަބުރު ވެރިކަމާއެކު އުޅެވެނޭމެ މަގެއް ފަހިކުރުން


3.  ޕެންޝަނާބެހޭ ޤާނޫނު ތަސްދީގު ކުރެވުނީ ކޮން ތާރީޚެއްގައި؟

13 މޭ 2009ގައި


4.  ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ހިންގަނީ ކޮން ޕެންޝަން ސްކީމްތަކެއް؟

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމާއި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް


5.  ޕެންޝަނަށް ފައިސާ ދެއްކޭނެ ޢުމުރަކީ ކޮބާ؟

އުމުރުން 16 އަހަރާ 65 އަހަރާ ދެމެދު.


6.  ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ވުމަށްޓަކައި ކުރަންޖެހޭ ފުރަތަމަ ކަމަކީ ކޮބާ؟

ވަޒީފާދޭ ފަރާތް ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކުރުން


7.  ވަޒީފާދޭ ފަރާތް ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންކުރާ ފޯމުގެ ނަމަކީ ކޮބާ؟

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަށް އެދޭ ފޯމް


8.  މުވައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ކޮންފަރާތެއްގެ މަސްއޫލިއްޔަތެއް؟

ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއް.


9.  މުވައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކޮށް ޕެންޝަން ސްކީމަށް ފައިސާ ދައްކަން ހުށަހަޅާ ސްޓޭޓްމަންޓްގެ ނަމަކީ ކޮބާ؟

ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ނުވަތަ އެސް.ޕީ.ސީ


10.  ޕެންޝަން އޮފީހުގެ ޕޯޓަލްގެ ނަމަކީ ކޮބާ؟

ކޮށާރު


11.  ޕެންޝަން އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ ކޮބާ؟

www.pension.gov.mv


12.  ވަޒީފާދޭ ފަރާތް ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންކުރާ ފޯމް ލިބެން ހުންނާނީ ކޮން ތަނަކުން؟

ޕެންޝަން އޮފީހުންނާއި ޕެންޝަން އޮފީހުގެ ވެބްސައިޓުން އަދި އަތޮޅު ކައުންސިލް، ރަށު ކައުންސިލް ތަކުން (ސަރވިސް ޑެލިވަރީ ޗެނަލް ތަކުން)


13.  ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ އަދަދަކީ ކިހާވަރެއް؟

8


14.  ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނެނީ ކިތައް ޕަރައިވެޓް ސެކްޓަރ މެންބަރުން؟

5


15.  ޕެންޝަ ން އޮފީހުގެ ބޯޑުގެ ޗެއަރމަން އާއި ޕްރައިވެޓް ސެކްޓަރުން އައްޔަން ކުރާ ހަތަރު މެންބަރުންގެ ތަޢުލީމީ ފެންވަރަކީ ކޮބާ؟

ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީރޮނގުން ނުވަތަޤާނޫނީރޮނގުން ފުރަތަމަޑި ގްރީ ފެންވަރަށް ތަޢުލީމު ޙާޞިލު ކޮށްފައިވާ އަދިމާލީނުވަތަ ޕެންޝަން ނުވަތައިންވެސްޓްމަންޓްގެދާއިރާގައިމަސައްކަތްކޮށްތަޖްރިބާ ލިބިފައިވުން


16.  މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް(އެމް.އާރު.ޕީ.އެސް) އަކީ ކޮބާ؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަކީވަޒީފާދޭފަރާތާއި ވަޒީފާއަދާކުރާ މީހުންގެފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ނަގާ ފައިސާ އާއި އެފައިސާއިންވެސްޓްކޮށްގެން ލިބޭ ފައިދާ އިން ހިންގޭ ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ. 


17.  ޑިފައިން ކޮންޓްރިބިއުޝަން ސިސްޓަމަކީ ކޮބާ؟

ޑިފައިން ކޮންޓްރިބިއުޝަން ސިސްޓަމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާމީހުންގެ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާނަގައިގެންއެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިން ހިންގޭ ޕެންޝަން ސްކީމަކަށްކިޔާނަމެކެވެ.


18.  ޕެންޝަނަށް ކޮންމެ މަހަކު ޖަމާވާނީ މުސާރައިގެ ކިތައް ޕަސެންޓް؟

އެމް.އާރް.ޕީ.އެސް އަށް ކޮންޓްރިބިއުޝަން ގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ މަދުވެގެން ކޮންމެ މަހަކުވެސް އެ މުވައްޒަފެއްގެ އަސާސީމުސާރައިގެ %14 ( އެއީ ވަޒީފާދޭފަރާތުން ދައްކަންޖެހޭ %7 އާއި ވަޒީފާއަދާކުރާ މީހާ ދައްކަން ޖެހޭ %7 ) އެވެ.


19.  ޕެންޝަނުގެ ގޮތުގައި ލިބޭ މިންވަރު ކަނޑައަޅާނީ ކޮން ކަމަކަށް ބިނާކޮށް؟

ޕެންޝަނުގެ ގޮތުގައި ލިބޭ މިންވަރު ކަނޑައަޅާނީޕެންޝަނަށް ބަލާ ޢުމުރުކަމުގައިވާ 65 އަހަރު ހަމަވާއިރު އެމީހެއްގެރިޔަޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ އެއްގެ މައްޗަށްބިނާކޮށެވެ.


20.  ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމަށް ބަލާ މުސާރަ (ޕެންޝަނަށް ބަލާ މުސާރަ ) އަކީ ކޮބާ؟

ޕެންޝަނަށް ބަލާ މުސާރަ އަކީ އެމީހެއްގެ އަސާސީ މުސާރަ އެވެ. އަސާސީމުސާރައަކީ ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަކަމަށް ބަޔާންކޮށްފައިވާ ދިވެހި ރުފިޔާގެ ޢަދަދެވެ.


21.  ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހެނީ ކޮން ފަރާތްތަކެއް؟ 

ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާމީހުން މިސްކީމުގައި ބައިވެރިވުމަކީ ލާޒިމް ކަމެކެވެ.


22.  ވަޒީފާ އަދާކުރާމީހެއް ކަމުގައިބެލެވެނީ ކޮން ފަރާތްތަކެއް؟

ވަޒީފާ އަދާކުރާމީހެއް ކަމުގައިބެލެވެނީވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައިހިމެނިގެން މަހު މުސާރަދެވޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީވާންޖެހޭގޮތަށް މަސައްކަތްކުރާ ކޮންމެ މީހެކެވެ.


23.  އެމް.އާރް.ޕީ.އެސް ގައި ބައިވެރި ވުމަށްޓަކައިއިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަންޖެހެނީ ކޮންފަރާތަކުންތޯ؟

އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭހުރިހާ ކަމެއްވެސް ކުރާނީ ވަޒީފާދޭފަރާތުންނެވެ.


24.  އެމް.އާރް.ޕީ.އެސް ގައި ބައިވެރި ވުމަށްޓަކައިއިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ؟

 ސްކީމްގައިމުވައްޒަފުން ބައިވެރިކޮށް، މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓްތައްފޮނުވައި، ސްކީމަށް ދައްކަންޖެހޭ ފައިސާ ދެއްކުން.


25.  ޕެންޝަން ސްކީމަށް ދައްކާ ފައިސާ ޖަމާކުރަނީ ކޮން ބޭންކަކަށް؟

ބޭންކް އޮފް މޯލްޑިވްސް


26.  ޕެންޝަން ސްކީމަށް ދައްކާ ފައިސާ ޖަމާކުރާ ބޭންކް އެކައުންޓްގެ ނަމަކީ ކޮބާ؟

ކޮންޓްރިބިއުޝަން ކަލެކްޝަން އެކައުންޓް


27.  ޕެންޝަން ސްކީމުގެ ބައިވެރިންގެ ޕެންޝަން ފައިސާ ޖަމާކުރުމަށް ޕެންޝަން އޮފީހުގައި ހުޅުވާ އެކައުންޓްގެ ނަމަކީ ކޮބާ؟

ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް


28.  ޕެންޝަނަން ކޮންޓްރިބިއުޝަންގެގޮތުގައި ދައްކަންޖެހޭ މުޅި ޖުމްލަ ޢަދަދު ކަމަށްވާ އަސާސީ މުސާރައިގެ %14ވަޒީފާދޭފަރާތަށް ދެއްކިދާނެތޯ ؟

އާނއެކެވެ ! ވަޒީފާދޭފަރާތުން އެއްބަސަވާނަމަ މުވައްޒަފުގެ އަތުންސްކީމަށް ފައިސާނުނަގާ ގޮތަށް، ހަމައެކަނި ވަޒީފާދޭފަރާތުން މުވައްޒަފުގެޕެންޝަނަށްބަލާ މުސާރައިގެ %14 އަށް ވުރެ މަދުނޫން ޢަދަދަކަށް ސްކީމަށްފައިސާ ދައްކާގޮތަށް ހަމަޖެއްސުމަކަށް ޕެންޝަނާބެހޭ ޤާނޫނުހުރަހެއްނާޅައެވެ.


29.  ވޮލަންޓަރީ ކޮންޓްރިބިއުޝަންސްގެ ގޮތުގައި އަހަރަކަށް އެންމެ ގިނައިން ދެއްކޭނެ ޢަދަދކީ ކޮބައިތޯ؟

ވޮލަންޓަރީ ކޮންޓްރިބިއުޝަންސްގެ ގޮތުގައި އަހަރަކަށް އެންމެ ގިނައިން ދެއްކޭނެ ޢަދަދކީ ފާއިތުވި އަހަރު ދައުލަތުގެ ވަޒީފާއެއް އަދާކުރި މީހުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބުނު ފަރާތުގެ ޕެންޝަނަށް ބަލާ އަހަރީ މުސާރައިގެ %14 އަށްވުރެ ބޮޑު ނޫން ޢަދަދެއް.


30.  ދައުލަތުގެ މުވައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކުރީ ކޮންތާރީޚަކުން ފެށިގެންު؟

01 މޭ 2010 ން ފެށިގެން


31.  ދައުލަތް ފިޔަވާ އެހެން ތަންތާގެ މުވައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކުރީ ކޮންތާރީޚަކުން ފެށިގެންު؟

01 މޭ 2011 ން ފެށިގެން


32.  އެމް އާރް ޕީ އެސް ގައި ބިދޭސީން ބައިވެރި ކުރުމަކީ މަޖްބޫރު ކަމެއްތޯ ؟

ބިދޭސީން ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ކުރުން ލާޒިމެއް ނޫން. 


33.  ޕެންޝަނާބެހޭ ޤާނޫނާ ޚިލާފުވެގެން ޖުރިމާނާ ކުރެވޭޭ ހާލަތްތަކަކީ ކޮބައިތޯ؟

·  ކަނޑައެޅިފައިވާ މުއްދަތުގައ ވަޒީފާދޭ ފަރާތް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ކޮށްފައި ނުވުން

·  ކަނޑައެޅިފައިވާ މުއްދަތުގައި ޕެންޝަނަށް ފައިސާ ދެއްކުމަށްޓަކައި ހުށަހަޅަންޖެހޭ އެސް.ޕީ.ސީ ހުށަހަޅާފައި ނުވުން

·  ކަނޑައެޅިފައިވާ މުއްދަތުގައި ޕެންޝަން ސްކީމަށް ފައިސާ ދައްކާފައި ނުވުން

·  ކަނޑައެޅިފައިވާ މުއްދަތުގައި ޕެންޝަނާބެހޭ ރެކޯޑްތައް ބެލެހެއްޓިފައި ނެތުމާއި ޕެންޝަނާއިބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކާއި ޚިލާފްވުން 


34.  ވަޒީފާދޭ ފަރާތް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ކޮށްފައި ނުވުމުން ކުރެވޭ ޖުރިމާނާގެ މިންވަރަކީ ކޮބާ؟

ރަޖިސްޓްރީ ނުކޮށް ފާއިތުވާ ކޮންމެ މަހަކަށް 500 ރުފިޔާ


35.  ޕެންޝަނަށް ފައިސާ ދެއްކުމަށްޓަކައި ހުށަހަޅަންޖެހޭ އެސް.ޕީ.ސީ ހުށަހަޅާފައި ނުވުމުން ކުރެވޭ ޖުރިމާނާގެ މިންވަރަކީ ކޮބާ؟

ގަވާއިދުން އެސް.ޕީ.ސީ ހުށަހަޅާފައި ނުވާ ކޮންމެ މަހަކަށް 100 ރުފިޔާ


36.  ކަނޑައެޅިފައިވާ މުއްދަތުގައި ޕެންޝަން ސްކީމަށް ފައިސާ ދައްކާފައި ނުވުމުުން ކުރެވޭ ޖުރިމާނާގެ މިނަވަރަކީ ކޮބައިތޯ؟

ފައިސާ ނުދައްކާވާ ކޮންމެ މަހަކަށް، ނުދައްކާ ފައިސާގެ %0.5 އާ އެއްވަރުގެ ޢަދަދެއް


37.  ކަނޑައެޅިފައިވާ މުއްދަތުގައި ޕެންޝަން ސްކީމަށް ފައިސާ ދައްކާފައި ނުވުމުުން ކުރެވޭ ޖުރިމާނާގެ ފައިސާ އަށްވާނީ ކިހިނެތް؟

އެ ފައިސާ ޖަމާކުރެވޭނީ ޖޫރިމަނާ ކުރެވުނު ވަޒީފާދޭ ތަނެއްގައި އުޅޭ މުވައްޒަފުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް.


38.  ކަނޑައެޅިފައިވާ މުއްދަތުގައި ޕެންޝަނާބެހޭ ރެކޯޑްތައް ބެލެހެއްޓިފައި ނެތުމާއި ޕެންޝަނާއިބެހޭ ޤާނޫނީ އެހެނިހެން ކުށެއް ކޮށްފައިވމުުން ކުރެވޭ ޖުރިމާނާގެ މިންވަރަކީ ކޮބައިތޯ؟

ގަވާއިދާއި ޚިލާފްވި މިންވަރަށާއި ރެކޯޑް ބަލަހައްޓާފައި ނުވާތީ ނުކުތް ނަތީޖާއަށް ބަލައި، 500 ރުފިޔާއާއި 50000 ރުފިޔާއާއި ދެމެދުގެ ޢަދަދެއް.


39.  ޕެންޝަނާބެހޭ ޤާނޫނާ ޚިލާފުވެގެން ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ނަންހާމަ ކުރެވޭޭ ފަރާތްތަކަކީ ކޮބައިތޯ؟

·  ސަރުކާރާއި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ވަޒީފާދޭ ފަރާތެއް ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކޮށްފައި ނުވުން

·  މޯލްޑިވްސް ރިޓަޔަރަމަންޓް ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރި ކޮށްފައި ނުވުން

·  މަހުންމަހަށް ހުށަހަޅަންޖެހޭ ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ހުށަހަޅާފައި ނުވުން

·  ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވުން

·  ޕެންޝަނާއިބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ގަވާޢިދާއި ޚިލާފްވާފަދަ އެހެން އެއްވެސް ޢަމަލެއް ކުރުން


40.  ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ނަންހާމަ ކުރެވެނީ ކިތައް ނޯޓިސް ދިނުމަށްފަހު ތޯ؟

ދެ ނޯޓިސް


41.  ފުރަތަމަ ފޮނުވޭ ނޯޓިހުގައި ވަޒީފާދޭ ފަރާތަށް އަންގަނީ ކޮން މަޢުލޫމާތު ތަކެއްތޯ؟

ފޮނުވޭ ފުރަތަމަ ނޯޓިހުގައި ޕެންޝަނާބެހޭ ޤާނޫނާއި، ގަވާޢިދާއި ޚިލާފުވެފައިވާ ކަންކަމުގެ ތަފްސީލާއި، އެކަންކަމާގުޅޭގޮތުން ޢަމަލު ކުރަންވީ ގޮތާއި، އަދި ބަޔާންކޮށްފައިވާ  މުއްދަތުގައި އެކަންކަން ފުރިހަމަކޮށްފައި ނުވާނަމަ އެފަރާތަކާމެދު ޢަމަލު ކުރެވޭނެ ގޮތުގެ ތަފްސީލް ހިމެނޭނެ.


42.  ފުރަތަމަ ނޯޓިސް ދެވެނީ ކޮން ތާރީޚެއްގައިތޯ؟

ޕެންޝަނާއިބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ގަވާޢިދާއި އެއްގޮތަށް ޢަމަލު ކުރަމުންނުދާ ވަޒީފާދޭ ފަރާތްތަކަށް ދެވޭ ފުރަތަމަ ނޯޓިސް ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ފޮނުވޭނެ.


43.  ފުރަތަމަ ނޯޓިސްއަށް ޢަމަލު ކުރަންޖެހޭ ފަހު ތާރީޚަކީ ކޮބައިތޯ؟

ނޯޓިސް ފޮނުވާ މަހުގެ 15 ވަނަ ދުވަހުގެ ކުރިން.


44.  ސްކީމުގެ ބައިވެރިއަކު މަރުވެއްޖެ ނަމަ، އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަގައި ހުރި ފައިސާ އަށް ވާނީ ކިހިނެއްތޯ؟

 އެމީހެއްގެރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ގަނޑުކޮށް އެމީހެއްގެވާރިސުންނަށް ޝަރުޢީ ކޯޓެއް މެދުވެރިކޮށް ދޫކުރެވޭނެއެވެ.


45.  އެއްވަޒީފާއިން އަނެއް ވަޒީފާ އަށް ބަދަލުވުމުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާ އަށް ވާނީ ކިހިނެއްތޯ؟

އެއްވަޒީފައިން އަނެއްވަޒީފާއަށް ބަދަލުވިކަމުގައި ވިޔަސް އެމީހެއްގެރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަކަށް ބަދަލެއް ނާންނާނެއެވެ. ވަޒީފާބަދަލުވުމަށް ފަހު އަލަށް ގުޅޭ ތަނަކުން އެމީހެއްގެ ރިޓަޔަރމަންޓްސޭވިންގްސް އެކައުންޓަށް ފައިސާ ޖަމާކުރަމުން ގެންދާނެއެވެ.


46.  ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާގެ ތަފްސީލް ހޯދޭނެ 3 ގޮތަކީ ކޮބައިތޯ؟

·  ޕެންޝަން އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސްއެކައުންޓް ގެ ތަފްސީލް ބެލޭނެ

·  ޕެންޝަން އޮފީހަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުމުން

·  އައިޑީ ކާޑާއި އެފަރާތެއްގެ ސިޓީއަކާއި ދެއްވާފައި އެހެންބޭފުޅެއް ޕެންޝަން އޮފީހަށް ފޮނުއްވުމުން.


47.  ޕެންޝަން އެސެޓްސް އިންވެސްޓް ކުރުމުގެ ބޭނުމަކީ ކޮބާ؟ 

ސްކީމުގެ ބައިވެރިންނަށް ލިބޭ ފައިދާ އިތުރުކުރުން


48.  ޕެންޝަން އެސެޓް އިންވެސްޓް ކުރުމުގެ ޒިންމާ އަދާ ކުރަނީ ކޮން ފަރާތަކުން ތޯ؟

ޕެންޝަން އެސެޓް އިންވެސްޓް ކުރުމުގެ ޒިންމާ އަދާކުރާ ފަރާތަކީ ޕެންޝަންއެޑްމިނިސްޓްރޭޝަން އޮފީހެވެ.


49.  ޕެންޝަން އެސެޓްއިންވެސްޓް ކުރެވޭ ގޮތް ބެލުމަކީ ކޮން ފަރާތެއްގެ މަސްއޫލިއްޔަތެއްތޯ؟

ޕެންޝަން އެސެޓްއިންވެސްޓް ކުރެވޭ ގޮތް ބެލުމަކީ ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުގެމަސްއޫލިއްޔަތެކެވެ.


50.  ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ކޮން ގޮތަކަށް؟

ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ޕެންޝަނާބެހޭ ޤާނޫނުގައި ވާ ގޮތުގެމަތިން،މިސްކީމުގެ ބައިވެރިންނަށާއި ބެނެފިޝަރީންނަށްއެންމެ ބޮޑުފައިދާއެއް ލިބޭނޭ ގޮތުގެ މަތިންނެވެ.


51.  ޕެންޝަން އެސެޓް އިންވެސްޓްކުރެވެނީ ކޮންކޮން ތަންތަނެއްގައި؟

ޕެންޝަން އެސެޓް އިންވެސްޓްކުރެވެނީ ވިޔަފާރިކުރާ ތަންތަނުން ދޫކުރާ ސެކިއުރިޓީސްތަކުގެ ތެރެއިންރާއްޖޭގައި ހުންނަ ލައިސަންސް އޮންނަ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓްކުރެވިފައިވާ ސެކިއުރިޓީސް ތަކުގައާއި ، ކަމާ ބެހޭ ފަރާތްތަކުން ލައިސަންސްދީފައިވާ ބޭންކްތަކުގެ ސެކިއުރޓީސް ތަކުގެ އިތުރުން ސަރުކާރުން ދޫކުރާސެކިއުރިޓީސް ތަކުގައެވެ.


52.  ޕެންޝަން އެސެޓްތައް އިންވެސްޓް ކުރުމުގައި ބަލަންޖެހޭ މައިގަނޑު ކަންތައްތަކަކީ ކޮބައިތޯ؟

·  އެސެޓްގެ ރައްކާތެރިކަން

·  އިންވެސްޓްމަންޓް ފުޅާ ކުރުން  (ޑައިވަރސިޓ)ީ

·  އެސެޓް ގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފައިދާބޮޑު އެސެޓްސް ތަކުގައި އިންވެސްޓް ކުރުން.

·  އެކަށީގެންވާ މިންވަރަކަށް ނަގުދު ފައިސާ ބެހެއްޓުން ނުވަތަ ލިކުއިޑިޓީ ދެމެހެއްޓުން


53.  އިންވެސްޓްމަންޓް ތަކުން ނިކުންނަ ނަފާގެ ޔަޤީންކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ؟

·  އިންވެސްޓްމަންޓްތައް ތަފާތު ވިޔަފާރި ނުވަތަ ތަފާތު ވައްތަރު ތަކުގެ މައްޗަށް ބަހާލުން

·  އެއްކުންފުންޏައްވުރެ ގިނަކުންފުނީގެ ހިއްސާ ގަތުން

·  ދުނިޔޭގެ ތަފާތު މާލީ ބާޒާރުތަކުގައި އިންވެސްޓް ކުރުން.


54.  ޕެންޝަން އެސެޓްތައް އިންވެސްޓް ކުރެވިފައިވަނީ ކޮން ތަންތަނެއްގައިތޯ؟

·  ބެންކުތަކުގެ ފިކްސްޑް ޑިޕޮޒިޓް

·  ޓްރެޜަރީ ބިލް

·  ހިއްސާ އަދި ބޮންޑްސް


55.   ޕެންޝަން އެސެޓްތައް އިންވެސްޓ ނުކުރެވޭނެ ތަންތަނަކީ ކޮބާ؟ް

·  ލިސްޓްކޮށްފައިނުވާ ނުވަތަ ޢާންމުކޮށް ނުވިއްކާ ސެކިއުރިޓީސް.

·  އެހެން އެސެޓްތަކާ ޤާނޫނީ ގޮތުން ވަކި ނުކުރެވޭނެ އެސެޓްތައް.

·  ސެކިއުރިޓީސްމާރކެޓްރެގިއުލޭޓަރކަނޑައަޅާވަކިބާވަތްތަކެއްގެޑެރިވަޓިވް އިންސްޓްރޫމަންޓްތައް.

·  ގަވާއިދުން އިންތިޒާމްކުރެވިގެން ހިނގާ ބާޒާރެއްގައި ލިސްޓްކޮށްފައިނުވާ ރިއަލް އެސްޓޭޓް އާއި އެހެންވެސް މުދަލުގެ ތެރެއިން ކަނޑައެޅިގެން ވަކި އަގެއް ހަމަނުޖެއްސޭނެ އެސެޓްތައް.

·  ސެކިއުރިޓީސްމާރކެޓްރެގިއުލޭޓަރ ކަނޑައަޅާއެހެނިހެން ބާވަތުގެ އެސެޓްސް


56.  ޕެންޝަން އެސެޓްތައް އިންވެސްޓް ކުރުމުގެ ކަންތައް މޮނީޓަރ ކޮށް ބަލަހައްޓަނީ ކޮން ފަރާތަކުން؟

ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީގެ ޕެންޝަން ސުޕަވިޝަން ޑިޕާރޓްމަންޓުން.


57.  ޕެންޝަން ސުޕަވިޝަން ޑިޕާރޓްމަންޓްގެ މަސައްކަތްތަކަކީ ކޮބައިތޯ؟

·  ޕެންޝަން ފައިސާ އިންވެސްޓް ކުރެވޭގޮތާއި، އިންވެސްޓްމެންޓް ތަކުގެ ނަތީޖާ ވަޒަންކުރުން.

·  ޕެންޝަން ސްކީމުގެ ރިޕޯޓްތައް ތައްޔާރުކުރުމާއި، ޢާއްމު ކުރުމުގެ އުސޫލުތައް ކަނޑައެޅުން.


58.  ޕެންޝަން ސްކީމުގެ މިވަގުތުގެ ކަސްޓޯޑިއަންއަކީ ކޮންފަރާތެއް؟

ބޭންކް އޮފް މޯލްޑިވްސް


59.  ކަސްޓޯޑިއަންގެ މަސައްކަތަކީ ކޮބާ؟

·  ޕެންޝަން ފައިސާއާއި، އިންވެސްޓްމަންޓް ތަކުގެ ރެކޯޑް ބެލެހެއްޓުންްެ.

·  ޕެންޝަން ފައިސާ އިންވެސްޓްކުރުމުގައި އެއްތަނުން އަނެއްތަނަށް ފައިސާ ފޯރުކޮށްދިނުން

·  އެސެޓް މެނޭޖަރުން، ޕެންޝަން ފައިސާ އިންވެސްޓްކުރަނީ ޕެންޝަން ޤާނޫނާއި އެގްރީމެންޓްތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން.


60.  ޕެންޝަން ކޮންޓްރިބިއުޝަން ގެ ގޮތުގައި ދައްކާ ފައިސާގެ ރައްކާތެރިކަމަށްޓަކައި ޤާނޫނީގޮތުން އެޅިފައި ހުރި ފިޔަވަޅު ތަކަކީ ކޮބައިތޯ؟

·  ޕެންޝަންއޮފީހުގެ ބޯޑުގެ މެންބަރުންނާއި ސްކީމް ހިންގުމުގެ ނުވަތަ ޕެންޝަން އެސެޓް މެނޭޖްކުރުމުގެ އިޚްތިޔާރުލިބިފައިވާ ކޮންމެފަރާތަކީފައިޑިއުޝަރީން

·  ޕެންޝަން އެސެޓްރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަސްޓޯޑިއަނުން އައްޔަން ކުރެވޭ.

·  ޕެންޝަން އެސެޓް އިންވެސްޓް ކުރެވެމުން ދަނީ ޕެންޝަން ގާނޫނާއި،ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އާ އެއްގޮތައްތޯކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ބަލަމުންގެންދާނެ.

·  އަހަރަކުއެއްފަހަރު އޮޑިޓް ކޮށްފައިވާ އަހަރީ ހިސާބު ޕެންޝަން އޮފީހުން ޢާންމުކޮށްޝާއިއު ކުރަންޖެހޭ.


61.  ރިޓަޔަރމަންޓް ޕެނަޝަން ސްކީމުގެ ދަށުން އެސްކީމުގެ ބައިވެރިއަކަށް ލިބޭނެ ފައިސާގެ މިންވަރު ކަނޑައަޅާނީ ކިހިނެއް ތޯ؟

އިންތިގާލީ މަރުހަލާގައި ސްކީމް ގެ ބައިވެރި އަކަށް މަހެއްގެމައްޗަށް ލިބޭނެ ޢަދަދަކީ އެމީހެއްގެ އުމުރުން 65 އަހަރު ވާއިރު އޭނާގެރިޓަރަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާ، ދިވެހިރާއްޖޭގައިއެއިރެއްގެ ލައިފް އެކްސްޕެކްޓެންސީ (ދިރިހުންނާނެ ކަމަށް ލަފާކުރެވޭއުމުރު) އިން 65 ކެނޑުމުން އަންނަ މުއްދަތުގެ މައްޗަށް ބަހާލުމުން އަންނަޢަދަދެކެވެ.


62.  ޕެންޝަން ގެ ގޮތުގައި ދެވޭ ފައިސާ ހިސާބު ކުރުމަށްޓަކައި  65 އަހަރު ވާއިރު ލައިފް އެކްސްޕެކްޓެންސީ (ދިރިހުންނާނެ ކަމަށް ލަފާކުރެވޭއުމުރު) އަކީ ކޮބާ؟

މިވަގުތު ރާއްޖޭގައި 65 އަހަރު ފުރިފައިވާ މީހަކު ދުނިޔޭގައިހުންނާނެކަމަށް ލަފާކުރެވެނީ އެމީހެއްގެ އުމުރުން 79 އަހަރު ވަންދެނެވެ.


63.  މިވަގުތު ޕެންޝަން ސްކީމުގެ ބައިވެރިއަކަށް މަހަކު ލިބޭނެ އަދަދު ކަނޑައެޅުމަށް، ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައި ހުރި ފައިސާ މިހާރު ބަހާލަނީ ކިތައް އަހަރަށް؟

14އަހަރަށް


64.  ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ވާ ފައިސާ ނެގޭނީ ކޮންއިރަކުންތޯ؟

އުޞޫލެއްގެ ގޮތުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައިވާ ފައިސާނެގޭނީ އުމުރުން 65 އަހަރު ފުރުމުން މަހުން މަހަށް ލިބޭ ޕންޝަނެއްގެގޮތުގައި. އެހެންނަމަވެސް، އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތުހަމަވާ ފަރާތްތަކަށް އުމުރުން 55 އަހަރު ގައި ވެސް ޕެންޝަނަށްއެދެވިދާނެެ.

65.  ޕެންޝަންގެ ފައިސާ އެންމެ އަވަހަށް ނެގޭނެ ޢުމުރަކީ ކޮބައިތޯ؟

55 އަހަރު

66.  ކުޑަ ދުވަސްކޮޅަކަށް ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަށްފަހު ވަޒީފާއިން ވަކިވެއްޖެނަމަ އެފައިސާ ލިބޭނީ ކޮން ދުވަހަކުތޯ؟

ފައިސާ ލިބޭނީ އުމުރުން 65 އަހަރުވުމުން

67.  65އަހަރަށްވުރެ ކުރިން އެމީހެއްގެ ރިޓަޔަރމަން ސޭވިންގ އެކައުންޓްގައި ހުރި ފައިސާ ލިބިދާނެ ގޮތަކީ ކޮބައިތޯ؟  

ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުގައި، އެމީހެއްގެ އުމުރުން 55 އަހަރު ހަމަވާއިރު، ޖަމާވެފައިހުރި ފައިސާގެ ނިސްބަތުން، ޕެންޝަން އޮފީހުން ޕެންޝަން ދިނުމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް ބަހާލުމުން ކޮންމެމަހަކަށް ލިބޭ ޕެންޝަންގެ އަދަދު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ އަދަދުގެ ދެގުނައަށްވުރެ ބޮޑު ވުން.

68.  ޕެންޝަނަށް ޖަމާކުރި ފައިސާ ގަނޑުކޮށް ނުވަތަ އެއްފަހަރާ ހުރިހާ ފައިސާއެއް ލިބޭނެތޯ؟

އެއްފަހަރާ ހުރިހާ ފައިސާއެއް ނުލިބޭެ. ފައިސާ ލިބޭނީ ކޮންމެ މަހަކު ކަނޑައެޅޭ ވަކި މިންވަރަކަށްެ.


69.ޕެންޝަން ޤާނޫނު ތަސްދީގުވެ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް ފެށުމުގެ ކުރިން ޕެންޝަން ދެއްވަމުން ގެންދެވި އުސޫލުން ޕެންޝަން ދިނުން ހުއްޓާލެވުނީ ކޮން ތާރީޚަކުން ފެށިގެންތޯ؟

1 މޭ 2010 ން ފެށިގެން


70.  ރިޓަޔަރމަންޓް ޕެންޝަން ސްކީމް ފެށުމުގެ ކުރިން ދައުލަތަށް ޚިދުމަތް ކުރި މުއްދަތުގެ ޕެންޝަނާ ގުޅޭ ގޮތުން ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ގޮތަކީ ކޮބައިތޯ؟

ޤާނޫނަށް ޢަމަލުކުރަން ފެށިއިރު (13 މެއި 2009) އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންޝަން ޙައްޤުތައް ސަރުކާރުގެ ރިކޮގްނިޝަން ބޮންޑްސް ގެ ގޮތުގައި އެމީހުންގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓަށް ޖަމާކުރެވޭނެ.


71.އެކްރޫޑް ޕެންޝަން ޙައްޤު ލިބެނީ ކޮން ފަރާތްތަކަށް؟

ޕެންޝަނާބެހޭ ޤާނޫން ތަސްދީގު ކުރި ދުވަސް ކަމަށްވާ 13 މެއި 2009ގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި އުމުރުން 65 އަހަރުނުވާ ފަރާތްތަކަށް.


72.  ރިޓަޔަރމަންޓް ޕެންޝަން ގެ ފައިސާ ޖަމާ ކުރެވޭނީ ކޮންގޮތަކަށް؟

ރިޓަޔަރމަން ޕެންޝަނުގެ ގޮތުގައި ދޫކުރެވޭ ފައިސާ ޖަމާކުރެވޭނީ ދިވެހިރާއްޖޭގައިއޮޕަރޭޓްކުރާ ބެންކެއްގައި ޕެންޝަންލިބޭ މީހާގެ ނަންހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓްރުފިޔާ  އެކައުންޓަކަށް.


73.  އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވިދާނެ ހާލަތްތަކަކީ ކޮބާ؟

އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވޭނީއުމުރުން 55 އަހަރު ފުރުމަށް ފަހު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސްއެކައުންޓް ގައި ހުރި ޖުމްލަ ޢަދަދު ލައިފް އެކްސްޕެކްޓަންސީ އަށް ބިނާކޮށް ބަހާލުމުން މަހެއްގެ މައްޗަށް ޖެހޭ ޢަދަދަކީ އެއިރެއްގައި ދެވޭ އަސާސީޕެންޝަން ގެ ދެގުނަ އަށް ވުރެ ބޮޑު ޢަދަދަކަށް ވާނަމަ. 


74.  ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހަކަށް އަސާސީ ޕެންޝަން ލިބޭނެ ގޮތަކީ ކޮބައިތޯ؟

ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހަކަށް އަސާސީ ޕެންޝަން ލިބޭނީއެމީހަކަށް ރިޓަޔަރމަންޓް ޕެންޝަން ގެ ގޮތުގައި ލިބޭ ޢަދަދަކީ އަސާސީޕެންޝަނުގެ ގޮތުގައި ދެވޭ ޢަދަދުގެ ދެގުނައަށް ވުރެ ކުޑަ ޢަދަދެއް ކަމުގައިވާ ނަމަ.


75.  ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހަކަށް އަސާސީ ޕެންޝަން ލިބިދެވޭނީ ކިހިނެތް؟

ރިޓަޔަރމަންޓް ޕެންޝަން ލިބޭ މީހަކަށްއަސާސީ ޕެންޝަން ލިބިދެވޭނީ އެމީހަކަށް ރިޓަޔަރމަންޓް ޕެންޝަން ގެ ގޮތުގައިލިބޭ ޢަދަދުގެ %50 އަސާސީ ޕެންޝަނުން އުނިކުރުމަށް ފަހު.


76.  އެކި ކޯސްތައް ފުރިހަމަކުރަމުން ދާމީހުންގެ ތެރެއިން،އެލަވަންސްއެއްގެ ގޮތުގައި އެމީހެއްގެ އަސާސީ މުސާރަމަހުން މަހަށް ދެވެމުންދާ، އެހެންނަމަވެސް، ކޯހުގެ މުއްދަތަށް ވަޒީފާއިންވަކިކުރެވިފައިވާ މީހުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރަންޖެހޭނެ ތޯ؟

ވަޒީފާއިންވަކިކުރުމަށްފަހު، އެލަވަންސްއެއް ދޭ ގޮތަށް އެކި ކޯސްތައް ފުރިހަމަކުރަމުންދާ ފަރާތްތަކަކީ، މުވައްޒަފު މާނަ ކުރުމުގެ ތެރޭގަ ހިމެނޭފަރާތްތަކަށް ނުވާތީ، އެފަރާތްތައް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައިބައިވެރިވާކަށް ނުޖެހޭެ.


77.  ޕެންޝަންގެ ބޭނުމަށް ވަޒީފާއަދާ ކުރާ ފަރާތެއްކަމަށް ބެލެވެނީ ކޮން ފަރާތްތަކެއް؟

ޕެންޝަނާބެހޭ ޤާނޫނަށާއި ޕެނަޝާނާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާގަވާއިދުތަކަށް ބަލާއިރު ވަޒީފާ އަދާކުރާފަރާތް ކަމަށް ބެލެވެނީވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަހުމުސާރަދެވޭ، އަދިވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވާންޖެހޭ ގޮތަށްމަސައްކަތްކުރާ ކޮންމެ ފަރާތެއްެ.


78.  ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހޭނެ ތޯ؟

ވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަހުމުސާރަދެވޭ، އަދިވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވާންޖެހޭ ގޮތަށްމަސައްކަތް ކުރާ އެންމެހައިބޯޑު ޑިރެކްޓަރުން ޕެންޝަން ސްކީމުގައި ބައިވެރިވާންޖެހޭނެ.


79.   ނޮން އެގްޒެކެޓިވް ޑިރެކްޓަރުންނަކީ ކޮބާ؟

ނޮން އެގްޒެކެޓިވް ޑިރެކްޓަރުންނަކީ ބޯޑުގެ ބައްދަލުވުންތަކަށް ވަކިން ހާޒިރުވާ،އެފަރާތްތަކަށް އާއްމު އުޞޫލަކުންއުޖޫރަދެވެނީ ހާޒިރުވާ ޖަލްސާތަކަށް އެކަނި ކަމަށްވާ ފަރާތްތައް


80.  ނޮން އެގްޒެކެޓިވް ޑިރެކްޓަރުން ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހޭނެ ތޯ؟

ނުޖެހޭނެ.


81.  ރާއްޖެއިން ބޭރުގައި ވަޒީފާއަދާކުރާއިރު ޕެންޝަނަށް ފައިސާ ދައްކަންޖެހޭތޯ؟

ލާޒިމެއް ނޫންެ. އެކަމަކު އެފަރާތެއް ބޭނުންނަމަ ޕެންޝަން ސްކީމްގައި ވޮލަންޓަރީކޮށް ބައިވެރިވެވިދާނެ.


82.  ތަފާތު ޕެންޝަން ސްކީމް ތަކުންޕެންޝަންގެ ގޮތުގައި ލިބޭފައިސާ،އެކިއެކައުންޓް ތަކަށް ޖަމާކުރަން ބޭނުންވާމީހުންނަށް އެފުރުސަތު އޮންނާނެ ތޯ؟

ތަފާތު އެކި ސްކީމުތަކުން ޕެންޝަން ލިބެމުން ދިޔަކަމުގައި ވިޔަސް،ޕެންޝަން އޮފީހުން ބަލަހައްޓަމުން ގެންދާ ޕެންޝަން ސްކީމުތަކުން ލިބޭހުރިހާ ޕެންޝަން ފައިސާއެއްވެސް ޖަމާކުރުމަށް ހަމަޖެހިފައިވަނީ، ޕެންޝަންލިބޭ މީހާގެ ނަމުގައި ހުޅުވާފައިވާ ކޮންމެވެސް އެއް ބޭންކްއެކައުންޓަކަށްެ.

  އަމިއްލަ ވަޒީފާއަދާކުރާ (ސެލްފް އެމްޕްލޯއިޑް) ފަރާތްތައް


83.  އަމިއްލަ ވަޒީފާއަދާކުރާ (ސެލްފް އެމްޕްލޯއިޑް) ފަރާތެއްގެ ގޮތުގައި ރިޓަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެވެނީ ކޮންބަޔަކަށް؟

އަމިއްލަ ވަޒިފާއަދާކުރާ  (ސެލްފް އެމްޕްލޯއިޑް) ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި  ބައިވެރިވެވޭނީ، އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒިފާދޭ ފަރާތެއްގެ ބާރު ނުފޯރާނޭހެން ނުވަތަ ވަޒިފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަށް ނުވާނޭގޮތަށް، މުދާވިއްކައިގެން ނުވަތަ ޚިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.


84.  އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއްތަ؟

އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއްނޫނެވެ.


85.  ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި  ބައިވެރިވެ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ޕެންޝަން ކޮންޓްރިބިއުޝަން ދައްކަމުން ގެންދިއުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކަކީ :

1.  އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރީވުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ ފޯމު "ރިޓަޔަރަމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު' ފުރިހަމަކޮށް ޕެންޝަން އޮފީހަށް ހުށަހެޅުން

2.  ސްކީމުގައި ރަޖިސްޓްރީ ވުމަށް ފަހު ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަން ބޭނުންވާ ފައިސާގެ ތަފްސީލް (ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން) އެކަމަށް ކަންޑައެޅިފައިވާ ފޯރމެޓުގައި ޕެންޝަން އޮފީހުގެ ޕޯރޓަލް (ކޮށާރު) މެދުވެރި ކޮށް ހުށަހެޅުން

3.  ކޮށާރު ޕޯރޓަލް މެދުވެރިކޮށް ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ހުށަހެޅުމުން އެފަރާތަކަށް ލިބޭ 'ޕޭމަންޓް ވައުޗަރ'ގައި ވާ  އަދަދަށް ބެންކަށް ފައިސާ ދެއްކެން. 

4.  ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ބެންކަށް ޖަމާކުރި ފައިސާ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެއްޖެކަން ޔަޤީން ވަންދެން،ފައިސާ ދެއްކުމުން  ބޭންކުން ފޯރުކޮށްދޭ ރިސިޕްޓް ރައްކާތެރިކަމާ އެކު ބޭއްވުން  


86.  އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހެނީ ކިހާ މިންވަރެއް؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާނެ އަދަދު ކަނޑައަޅާނީ އެފަރާތަކުންނެވެ. ނަމަވެސް އެފަަދަ ފަރާތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާ އަދަދަކީ، އަމިއްލަ ވަޒިފާއަދާ ކުރާ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދެއްކޭނެ ކަމަށް  ޕެންޝަން އޮފީހުން ކަނޑައަޅައި އިއުލާން ކޮށްފައިވާ އެންމެ މަދު އަދި އެންމެ ގިނަ އަދާދާއި ދެމެދުގެ އަދަދަކަށް ވާންވާނެއެވެ.


87.  އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ކޮންމެމަހަކު ޕެންޝަން ކޮންޓްރިބިއުޝަން ދައްކަންޖެހޭނެތަ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ކޮންމެ  މަހަކު ޕެންޝަން ކޮންޓްރިބިއުޝަން ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަދަ ފަރާތަކުން ބޭނުވާނަމަ ކޮންމެ މަހަކު ކޮންޓްރިބިއުޝަން ދެއްކުމަކަށް ހުރަހެއްނެތެވެ.


88.  ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެގޮތުގައި ބައިވެރިވާ ފަރާތަކަށް ސްކީމަށް ދެއްކޭނެ  އެންމެ މަދު އަދި އެންމެ ގިނަ މިންވަރަކީ ކޮބާ؟

އަމިއްލަ ވަޒީފާއަދާ ކުރާފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ ފަރާތަކަށް ޕެންޝަން ކޮންޓްރިބިިއުޝަންގެ ގޮތުގައި އެއްފަހަރާ ދެއްކޭނެ އެންމެ ކުޑައަދަދަކީ ފާއިތުވި އަހަރު ދައުލަތުގެ ވަޒިފާއެއް އަދާކުރި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ މުސާރަ ލިބުނު ފަރާތުގެ، ޕެންޝަނަށް ބަލާ މުސާރައިގެ %14 އަށްވުރެ ކުޑަނޫން އަދަދެކެވެ. މިއަދަދު ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ލިބެން ހުނާނެއެވެ.


89.  ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެގޮތުގައި ބައިވެރިވާ ފަރާތަކަށް ސްކީމަށް ދެއްކޭނެ  އެންމެ މަދު އަދި އެންމެ ގިނަ މިންވަރަކީ ކޮބާ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ ފަރާތަކަށް ކޮންޓްރިބިިއުޝަންގެ ގޮތުގައި އަހަރަކު ދެއްކޭނެ އެންމެ ބޮޑުއަދަދަކީ  ފާއިތުވި އަހަރު ދައުލަތުގެ ވަޒިފާއެއް އަދާކުރި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބުނު ފަރާތުގެ، ޕެންޝަނަސް ބަލާ މުސާރައިގެ (އަހަރީ މުސާރައިގެ) %14 އަށް ވުރެ އިތުރު ނޫން އަދަދެކެވެ. މިއަދަދު ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ލިބެން ހުނާނެއެވެ.  


90.  ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާ ކުރާ ފަރާތްތަކަށް ދެވޭ ސަބްސިޑީ ތަކަކީ ކޮބައިތޯ؟

ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުގެ ތެރެއިން ސަބްސިޑީއަށް އެދޭ އަދި ސަބްސިޑީ ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް  2 ބާވަތެއްގެ ސަބްސިޑީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރިިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް އެެއްފަހަރާ ދެވޭ އިނާޔަތާއި، އަމިއްލަ ވަޒީފާ އަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ސްކީމަށް ފައިސާ ދައްކަމުން ދާ ފަރާތްތަކަށް އަހަރަކު އެއްފަހަރު ދެވޭ އިނާޔަތެވެ.


91.  ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާ ކުރާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ ކިހިނެތް؟

ރިިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް އެެއްފަހަރާ ދެވޭ އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސަބްސިޑީއަށް އެދި ކޮންމެ އަހަރަކުވެސް އެންމެ ފުރަތަމަ ފޯމު  ހުށަހަޅާ 5000 (ފަސްހާސް) ފަރާތަށެވެ. މިފަރާތަކަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކޮށްދެވޭ -/2000 (ދެހާސް) ރުފިޔާއެވެ.

ރިޓަރޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް އަހަރަކު އެއްފަހަރު ދެވޭ އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ވަޒީފާ އަދާކުރާ ފަރާތެއްގެ ގޮތުގައި  ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ސްކީމަށް ފައިސާދައްކަމުންދާ ފަރާތްތަކުގެ ތެރެއިން މަހަކު -/5000ރ ( ފަސްހާސް ރުފިޔާ ) އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކަށެވެ. މިގޮތުން ދިނުމަށް ހަމަޖެހިފައިވަނީ ސަބްސިޑީއަށް އެދޭ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް އަހަރަކު ޖަމާކުރާ ފައިސާގެ %25 އާއި އެއްވަރުގެ ޢަދަދެއް ޖެހިގެން އަންނަ އަހަރު އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވޭނެއެވެ. މިސަބްސިޑީގެ ގޮތުގައި އެންމެ ގިނަވެގެން ޖަމާކޮށްދެވޭނީ ވޭތުވެދިޔަ އަހަރު ސަރުކާރު މުވައްޒަފުންގެ އަހަރީ އެވްރެޖް ޕެންޝަނަބްލް ވޭޖްގެ %7 (ހަތެއް އިންސައްތަ) ގެ %25 (ފަންސަވީސް އިންސައްތަ) އާއި އެއްވަރުގެ ޢަދަދެކެވެ.


92.  ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ ސަބްސިޑއަށް އެދި ހުށަހަޅާނީ ކިހިނެއް ؟ 

ސަބްސިޑީއަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމުު 'އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ސަބްސިޑީއަށް އެދޭ ފޯމު' މެދުވެރިކޮށެވެ.

93.  އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާ ފައިސާ އަނބުރާ ލީބޭނީ ކޮންގޮތަކަށް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ފައިސާ ނޭގޭނީ ޕެންޝަނަށް ބަލާ އުމުރު (65 އަހަރު) ހަމަވުމުން ނުވަތަ 55 އަހަރު ފުރި އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވުމުންނެވެ.


94.  އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާގެ ތަފްސީލާއި އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ދައުލަތުން ސަބްސިޑީގެ ގޮތުގައި ޖަމާކޮށްދޭ ފައިސާގެ ތަފްސީލް ބަލާނީ ކިހިނެއް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވާ ފައިސާގެ ތަފްސީލް ހިމެނޭ އެކައުންޓް ސްޓޭޓްމަންޓް ޕެންޝަން އޮފީހުން ފޯރުކޮށްދޭނެއެވެ. މިސްޓޭޓްމަންޓް ޕެންޝަން އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު  ވަނީ ހަމަޖެހިފައެވެ. އަދި، އެކައުންޓް ގެ ތަފްސީލް ޗާޕްކޮށްފައިވާ ކަރުދާހެއްގެ ގޮތުގައި ބޭނުންފުޅުވާނަމަ، ޕެންޝަން އޮފީހަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުމުން، އެޚިދުމަތް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އަމިއްލަ ފުޅަށް ވަޑައި ނުގެންނެވޭނެނަމަ އައިޑީ ކާޑް ދެއްވާފައި އެހެންބޭފުޅެއް ފޮނުއްވިނަމަވެސް އެޚިދުމަތް ލިބޭނެއެވެ.