ވަޒީފާގެ ފުރުސަތު: އޮޑިޓަރ

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމްއޮޑިޓަރ

ބޭނުންވާ ޢަދަދު1

ފެންވަރު ނުވަތަ ޝަރުތު:

1.  އޮޑިޓިންގ، އެކައުންޓިންގ ނުވަތަ ރިސްކް މެނޭޖްމެންޓްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން.

2.  އިސްވެބަޔާންކުރެވުނު ދާއިރާއަކުން މަދުވެގެން 3އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ޙާޞިލްކޮށްފައިވުން.

3.  އޮޑިޓިންގ މަސައްކަތްކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

4.  ބައިނަލްއަޤުވާމީ އޮޑިޓިންގ މިންގަނޑުތަކާއި އޮޑިޓިންގ ނިޒާމުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

5.  ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އޮކްޓޫބަރު 2016 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާންމިއޮފީހުގެ ވެބްސައިޓުން (http://pension.gov.mv) ލިބެން ހުންނާނެއެވެ.

މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން،މާލެ.

ފޯނު: 1441

އީމެއިލް: [email protected]