ވަޒީފާގެ ފުރުޞަތު- މެނޭޖަރ، ސޮފްވެއަރ ޑިވެލޮޕްމަންޓް

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.

1.  މަޤާމް:  މެނޭޖަރ، ސޮފްވެއަރ ޑިވެލޮޕްމަންޓް

ބޭނުންވާ ޢަދަދު:  1

މުސާރަ:   18,000.00ރ

އެލަވަންސް:  ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 4,500.00ރ މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ.


2.  މަޤާމް:  ސޮފްވެއަރ ޑިވެލޮޕަރ

ބޭނުންވާ ޢަދަދު:  2

މުސާރަ:  14,000.00ރ

އެލަވަންސް:  ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3,500ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ އަދި އިތުރު ގަޑީގެ ފައިސާ މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ.


3.  މަޤާމް:    ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު:  1

މުސާރަ:  14,000.00ރ

އެލަވަންސް:  ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3,500.00ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ އަދި އިތުރު ގަޑީގެ ފައިސާ މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ.


މިމަޤާމްތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާންމިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.މި މަޤާމްތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސް ކުރެވޭ ފަރާތްތައް އެކަންޏެވެ.


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު،މާލެ، ދިވެހިރާއްޖެ.

ފޯން: 3309908(އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]