.މެނޭޖަރ ( ޕެންޝަންސް އެންޑް ކްލެއިމްސް) މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:  މެނޭޖަރ، ޕެންޝަންސް އެންޑް ކްލެއިމްސް

ޓީ.އޯ.އާރް : މެނޭޖަރ، ޕެންޝަންސް އެންޑް ކްލެއިމްސް ވިދާޅުވުމަށް

ބޭނުންވާ ޢަދަދު:  1

ފެންވަރު ނުވަތަ ޝަރުތު:

1.  ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފިޝަނަލް ސަނަދެއް ހާސިލްކޮށްފައިވުން. (އިސްވެދެންނެވުނު ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ).

2.  މެނޭޖީރިއަލް ލެވެލްގައި މަސައްކަތްތަކާގުޅޭ ދާއިރާއަކުން މަދުވެގެން 5އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2016 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާންމިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސްއިޓްސް (6ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 1441

އީ-މެއިލް: [email protected]

04 ސެޕްޓެންބަރު 2016