ޕެންޝަން އޮފީސް ތައާރަފް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާއި ބެހޭ ޤާނޫނު ތަޞްދީޤު ކުރެވުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތުތައް:

  • ޕެންޝަނާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުން
  • އުމުރުން ދުވަސްވީ ފަރާތްތަކުގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުން
  • ޕެންޝަނާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެކަށައެޅަންޖެހޭ މިންގަޑުތަކާއި ގައިޑްލައިންތައް ހެދުން
  • ޕެންޝަނާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން