ބޯޑު މެންބަރުން
ބޯޑުގެ ޗެއަރޕަރސަން
އާޠިފާ ޢަލީ
ބޯޑުގެ ޗެއަރޕަރސަން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އަލްފާޟިލާ އާޠިފާ ޢަލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ޖޫން 2019 ގައެވެ. އަދި، މިވަގުތު އާޠިފާ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓަޑް (ދިރާގު) ގެ ޑިރެކްޓަރ، ކޯޕަރޭޓް ސަރވިސަސްގެ މަޤާމުގައެވެ. މިގޮތުން، މެނޭޖީރިއަލް ލެވެލްގައި 19 އަހަރަށްވުރެ ގިނަ މުއްދަތުގައި ޚިދުމަތްކޮށް ފައިނޭންސް، ބިޒްނަސް ޑިވެލޮޕްމަންޓް އަދި ސްޓެރެޓެޖިކް މެނޭޖްމަންޓްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ.
ތަޢުލީމީ ރޮގުން، އާޠިފާ ވަނީ ޔޫކޭ ގެ ޔުނިވަރސިޓީ އޮފް ބްރެޑްފޯޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި، ހޯއްދަވާފައިވާ މެމްބަރޝިޕްތަކުގެ ތެރޭގައި 2008 ން ފެށިގެން ޔޫކޭގެ 'ޗާޓާރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓްސް' ގެ އެސޯސިއޭޓް މެންބަރުކަން ހިމެނެއެވެ. މީގެއިތުރުން، 20 އޮގަސްޓް 2009 ން 19 އޮގަސްޓް 2012 އަށް އަދި 20 އޮގަސްޓް 2014 ން 19 އޮގަސްޓް 2017 އަށް އާޠިފާ ވަނީ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.
ޕަބްލިކް ސެކްޓަރ
މަރްޔަމް ޢަބްދުއް ނާޞިރު
ބޯޑު މެންބަރު
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ތަމްސީލް ކުރައްވާ މެންބަރެއްގެ ޙައިސިއްޔަތުން މަރިޔަމް އަބްދުލް ނާސިރު، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ މާރޗް 2018 ގައެވެ. މަރިޔަމް މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޗީފް ރިސޯސް މޯބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމެންޓް އެގްޒެކެޓިވްގެ ގޮތުގައެވެ. މަރިޔަމް މިނިސްޓްރީ އާއި ގުޅިވަޑައިގަތީ އޮކްޓޯބަރ 2009 ގައި އެކްސްޓާރނަލް ރިސޯސް މެނޭޖްމަންޓް ޑިވިޒަން ގެ ޑެސްކް އޮފިސަރެއްގެ ހައިސިއްޔަތުންނެވެ.
ތައުލީމީ ރޮނގުން، މަރިޔަމް ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީ އިން ބިސްނަސް އެޑްމިނިސްޓްރޭޝަން ގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.
ޝިފާޒާ ވަޖީހު
ބޯޑު މެންބަރު
ސޯޝަލް ސެކިޔުރިޓީ ސެކްޓަރ ތަމްސީލް ކުރައްވާ މެންބަރެއްގެ ޙައިސިއްޔަތުން ޟިފާޒާ ވަޖީހު، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ 24 ފެބްރުއަރީ 2020 ގައެވެ. މިވަގުތު ޝިފާޒާ އަދާކުރައްވަމުން ގެންދަވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އަދި ހެޑް އޮފް ސިވިލް ސަރވަންޓްސްގެ މަޤާމުގައެވެ. 2008 ގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އުފެދުނު އިރުން ފެށިގެން ޟިފާޒާ ވަނީ އެއެޖެންސީގެ އެކި މަޤާމްތައް ފުރުއްވާ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
އެންސްޕާއާއި ގުޅިވަޑައިގެންނެވުމުގެ ކުރިން، ޝިފާޒާވަނީ ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުގެ ސޯޝަލް ސެކިޔުރިޓީ ސެކްޝަންގައި މަސައްކަތް ކުރައްވާ ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން، ސޯޝަލް ހެލްތް އިންޝުއަރެންސް ސްކީމް، ސޯޝަލް ކޭޝް ޓްރާންސްފަރ ޕްރޮގްރާމް، ރިޓަރޔަމަންޓް އަދި ބޭސިކް ޕެންޝަން ސްކީމް ރީފޯމް ކުރުމުގެ މަސައްކަތް އަދި ޑިސެބިލިޓީ އެކްޓް ގެ މަސައްކަތްތަކުގެ އެކިލެވެލްގައި ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ. ނޭޝަނަލް ސޯޝަލް ހެލްތް އިންޝުއަރެންސް ސްކީމްގެ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަންވެސް ޝިފާޒާ ވަނީ އަދާކުރައްވާފައެވެ.
ތައުލީމީ ރޮނގުން، ޝިފާޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީ އިން ބެޗްލަރ އޮފް އިކޮނޮމިކްސް (އޮނާރސް) އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީ އިން ޑިވެލޮޕްމަންޓް ސްޓަޑީސް ގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.
ފާޠިމަތު ޢަބްދުﷲ ކަމާލުއްދީން
ބޯޑު މެންބަރު
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ތަމްސީލް ކުރައްވާ މެންބަރެއްގެ ޙައިސިއްޔަތުން ފާޠިމަތު ޢަބްދުﷲ ކަމާލުއްދީން، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ 4 މާރޗް 2020 ގައެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް، މާކެޓް ޑިވެލޮޕްމަންޓް ގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، ސީ.އެމް.ޑީ.އޭ ގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފީސަރ ގެ މަޤާމު މިވަގުތު އަދާކުރައްވަމުން ގެންދަވަނީވެސް ފާޠިމަތު ޢަބްދުﷲ ކަމާލުއްދީނެވެ.
ސީ.އެމް.ޑީ.އޭގެ މާކެޓް ޑިވެލޮޕްމަންޓް ދާއިރާގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން، އޮތޯރިޓީގެ މާކެޓް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްސްގެ ހުރިހާކަަންތައްތަކެއް ބެލެހެއްޓުމުގެ ޒިންމާގެ އިތުރުން އޮތޯރިޓީގެ ސްޓެރެޓެޖިކް އަދި ޕޮލިސީ ލެވެލް އިނީޝިއޭޓިވްސް ތަކުގައި ފާޠިމަތު ދަނީ ހިއްސާވެ މުހިންމު ރޯލެއް އަދާކުރައްވަމުންނެވެ. ވޭތުވެދިޔަ 5 އަހަރުގެ މުއްދަތުގައި، ފާޠިމަތު ވަނީ އެއޮތޯރިޓީގެ ބޯޑުގެ ސެކްރެޓަރީ ކަމާއި އަދި ސީއީއޯގެ ސެކްރެޓޭރިއެޓްގެ ހައިސިއްޔަތުން ސްޓެރެޓެޖިލް ލެވެލްގެ ކަންކަމުގައި އަދި އޮތޯރިޓީއާއި ގުޅުންހުރި އިންޓަރނޭޝަނަލް އަދި މީޑިއާ ރިލޭޝަންސްގެ ކަންކަމުގައި ހަރަކާތްތެރިވެ ތަޖުރިބާ ހޯއްދަވާފައެވެ. މިގޮތުން، ކެޕިޓަލް މާކެޓާއި ގުޅުންހުރި ގިނަދާއިރާތަކުން ތަޖުރިބާ ހޯއްދަވާފައިވެއެވެ.
ތައުލީމީ ރޮނގުން، ފާޠިމަތު ވަނީ އޫ.އެސް.އޭގެ މިޗިގަން ނޯތްވުޑް ޔުނިވަރސިޓީ އިން އިންޓަރނޭޝަނަލް ބިޒްނަސް އެންޑް މެނޭޖްމަންޓްގެ ރޮނގުން ބީ.އޭ.އޭ ހާސިލްކޮށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މެނޭޖްމަންޓް (ފައިނޭންސް) ގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ޕްރައިވެޓް ސެކްޓަރ
ޢަބްދުﷲ ޢަލީ
ބޯޑު މެންބަރު
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ޢަލީ، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ޑިސެމްބަރު 2018 ގައެވެ. އަދި އޭގެ ކުރިންވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ތަމްސީލުކުރައްވާ ސިވިލް ސަރވިސްގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން ޢަބްދުﷲ ވަނީ 2017 ފެބްރުއަރީ އިން 2018 މާރޗް އަށް ޕެންޝަން އޮފީހުގެ ބޯޑުގެ މެމްބަރެއްގެ މަޤާމު ފުރުއްވާފައެވެ.
ޢަބްދުﷲ މިވަގުތު ވަޒީފާއަދާ ކުރައްވަމުން ގެންދަވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓްގެ މަޤާމުގައެވެ. އޭޑީބީ އާއި ގުޅިވަޑައިގެންނެވުމުގެ ކުރިން، ޢަބްދުﷲ މަސައްކަތް ކުރައްވާފައިވަނީމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އަދި ސަރުކާރާއި ގުޅިވަޑައިގެންނެވުމުގެ ކުރިން، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވާތަޖުރިބާ ހޯއްދަވާފައިވެއެވެ.
ޢަބްދުﷲ ވަނީ އީސްޓާރން މިޝިގަން ޔުނިވަރސިޓީއިން އިކޮނޮމިކްސްގެ ރޮނގުން މާސްޓަރސް ޑިގްރީއެއް ހާސިލްކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ވޭލްސްއިން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރ އޮފް އާޓްސް (އޮނަރސް) ހާސިލްކުރައްވާފައިވެއެވެ.
އައިޝަތު ލުއުލުއާ ހަސަން
ބޯޑު މެންބަރު
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އައިޝަތު ލުއުލުއާ ހަސަން، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ މާރިޗު 2019 ގައެވެ. ލުއުލުއާއަކީ އާޓްސް އަދި ސަގާފަތް ކުރިއަރުވާ އިޖްތިމާއި ވިޔަފާރިއެއް ކަމަށްވާ އަވައްޓެރި ގެލެރީގެ ކޯ ފައުންޑާއެކެއެވެ.
ލުއުލުއާ ވަނީ ދައުލަތުގެ ފަރާތުން ޓެކްސްއާއި ބެހޭ ގާނޫނުތައް ތަންފީޒު ކުރާ އިދާރާ ކަމަށްވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑު މެންބަރުކަންވެސް އޯގަސްޓް 2010 އަކުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އަދާކުރައްވާފައެވެ. އަދި ކެއަރ ރޭޓިންގްސް މޯލްޑިވްސްގައި މަސައްކަތް ކުރެއްވިއިރު ރާއްޖެއަށް ކްރެޑިޓް ރޭޓިންގ ތައާރަފް ކުރުމަށް މުހިންމު ދައުރެއް އަދާކުރެއްވުމުގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގައި މެނޭޖަރެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވާ އެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ.
ރާއްޖެ އަދި ރާއްޖެއިން ބޭރުގައި ބޭއްވުނު ގިނަ އަދަދެއްގެ ފައިނޭންޝިއަލް ތަމްރީނުތަކާއި ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންފައިވާއިރު ލުއުލުއާ ވަނީ ޕާޓް ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި ފެކަލްޓީ އޮފް މެނޭޖްމެންޓް އެންޑް ކޮމްޕިއުޓިންގައި 'މެނޭޖްމެންޓް އެންޑް އޯގަނައިޒޭޝަންސް' އުނގަންނަވައި ދެއްވުމުގެ މަސައްކަތްވެސް ކުރައްވާފައެވެ.
ލުއުލުއާ ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ އިން ބެޗެލަރ އޮފް ބިޒްނަސް މެނޭޖްމެންޓް ވިތް ފައިނޭންސް (އޮނަރޒް) ހާސިލް ކުރައްވާފައެވެ.
އަލްއުސްތާޛާ ނޫރުބާން ފަހުމީ
ބޯޑު މެންބަރު
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްއުސްތާޛާ ނޫރުބާން ފަހުމީ، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ފެބްރުއަރީ 2018 ގައެވެ.އަލްއުސްތާޛާ ނޫރުބާން މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ލިމިޓެޑް (އެމް.އެސް.އީ) އަދި މޯލްޑިވްސް ސެކިޔުރިޓީޒް ޑިޕޮސިޓަރީ ކޮމްޕެނީ ލިމިޓަޑް (އެމް.އެސް.ޑީ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަދި ލީގަލް ކައުންސެލް ގެ މަޤާމުގައެވެ. އަދި މިދެކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީއެއްގެ މަޤާމުވެސް ދަނީ ފުރުއްވަމުންނެވެ.
2018 ގައި އެމް.އެސް.އީ. އަދި އެމް.އެސް.ޑީ. އާއި ގުޅިވަޑައިގެންނެވުމުގެ ކުރިން އަލްއުސްތާޛާ ނޫރުބާން މަސައްކަތް ކުރައްވަމުން ގެންދެވީ މޯލްޑިވްސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ލީގަލް ކައުންސެލްއެއްގެ ގޮތުގައެވެ. އަދި، ސެޕްޓެމްބަރ 2015 ން ޑިސެމްބަރ 2016 އަށް އެކްސްޓަރނަލް ކައުންސެލް އެއްގެ ރޯލް އަދާކުރައްވާފައިވެއެވެ. ސީ.އެމް.ޑީ.އޭ.ގައި ވަޒީފާ އަދާކުރެއްވިއިރު އުފުއްލެވި މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ސީ.އެމް.ޑީ.އޭ. ގެ އެގްޒެކެޓިވް ބޯޑު އަދި މެނޭޖްމަންޓަށް ލަފާ ދިނުން، ކެޕިޓަލް މާކެޓް ޤާނޫނާއި ގަވައިދުތަކުގެ އިތުރުން އެހެނިހެން ޤާނޫނާއި ޤަވައިދުތައް މުރާޖަޢާކުރުން ހިމެނެއެވެ.
މީގެ އިތުރުން، ވޯލްޑް ބެޭންކް ފަންޑްގެ ދަށުން ޕެންޝަން އޮފީހުން ހިންގި ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓްގެ ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ނޫރުބާން ވަނީ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި ޖެނުއަރީ 2012 އިން ފެބްރުއަރީ 2012 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ ލީގަލް ޑިރެކްޓަރުގެ މަޤާމްވެސް އަލްއުސްތާޛާ ނޫރުބާން ފުރުއްވާފައިވެއެވެ.
ތަޢުލީމީ ރޮގުން، ނޫރުބާން ވަނީ ޔުނިވަރސިޓީ އޮފް ލަންޑަން، އެސް.އޯ.އޭ.އެސް އިން އެމް.އެސް.ސީ އިން ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް ހާސިލްކުރައްވާ، ޔޫ.ކޭ.ގެ ޔުނިވަރސިޓީ އޮފް ބްރިސްޓަލް އިން ބެޗްލަރ އޮފް ލޯ ޙާސިލް ކުރައްވާފައެވެ.
އަލްއުސްތާޛާ ލައިލާ މަނިކު
ބޯޑު މެންބަރު
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްއުސްތާޒާ ލައިލާ މަނިކް، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަނު ކުރެއްވީ 23 ޖޫން 2020 ގައެވެ. ލައިލާ ވަނީ ވޭތުވެދިޔަ 14 އަހަރު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޕްރައިވެޓް ސެކްޓަރ އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރ ގެ ލީގަލް އޮފިސަރ މަގާމާއި ސީނިއަރ ލީގަލް އޮފިސަރ ގެ މަގާމު އަދާކުރައްވާފައެވެ.
ސެޕްޓެމްބަރު 2010 އިން ފެށިގެން މިއަދާ ހަމައަށް މޮރިޝަސް ކޮމާރސިއަލް ބޭންކް މޯލްޑިވްސްގެ ޑައިރެކްޓަރ އަދި ކޮމްޕެނީ ސެކްރެޓެރީގެ މަގާމުވެސް ދަނީ އަދާ ކުރައްވަމުންނެވެ. ވޭތުވެދިޔަ އަހަރު ތަކުގައި ގާނޫނީ ރޮގުން ވިޔަފާރިއާއި ބޭންކިން ދާއިރާއިންވަނީ ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ.
ލައިލާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަން އިން ބެޗެލަރ އޮފް ލޯ (އެލް.އެލް.ބީ) ޙާސިލްކުރައްވާފައެވެ.