Career opportunity: Assistant Auditor (Dhivehi)

216-MPAO/I/2013/55:ނަންބަރު

ވަޒީފާގެ ފުރުޞަތު

(02 ނޮވެންބަރު 2014) ޢިއުލާން އަށް އެކަށީގެންވާ އަދަދަކަށް 216-MPAO/I/2013/46 މިއޮފީހުގެ ނަންބަރު 

އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:އެސިސްޓެންޓް އޮޑިޓަރ

ބޭނުންވާ ޢަދަދު:1

މުސާރަ:12,000ރ

އެލަވަންސް:މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު 3,500.00ރ ގެ ނޮންޕްރެކްޓިސިންގް އެލަވެންސެއް ދެވޭނެއެވެ. މީގެ އިތުރުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެޓެންޑެންސް އެލަވަންސެއް ދެވޭނެއެވެ. 

ފެންވަރު ނުވަތަ ޝަރުތު:

1.އޮޑިޓިންގ، އެކައުންޓިން، ކޮމްޕްލަޔަންސް ނުވަތަ ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް ޑިގްރީ ފެންވަރުގެ ޕްރޮފެޝަނަލް ސަރޓިފިކޭޝަނެއް ޙާޞިލްކޮށްފައިވުން. 

2.އިސްވެބަޔާން ކުރެވުނު ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ޙާސިލްކޮށްފައިވުން.  

3.އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ އަދި ފައިނޭންޝިއަލް/އޮޑިޓިންގ މަސައްކަތްތަކުގައި ޢާންމުކޮށް ބޭނުންކުރެވޭ ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.

4.ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]

18 ޑިސެންބަރު 2014

Read More

Published Date : Dec 21st 2014, 15:44
Career opportunity: Accountant (Dhivehi)

Published Date : Nov 4th 2014, 15:26
Career opportunity: Assistant Customer Relations Officer (Dhivehi)

Published Date : Nov 4th 2014, 15:24
Career opportunity: Assistant Auditor (Dhivehi)

Published Date : Nov 5th 2014, 15:08
Career Opportunities (Dhivehi)