މި އޮފީސް ހިންގަން ހޯދާފައިވާ އާ އޮފީސް ޖާގައަށް ބޭނުންވާ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ

މި އޮފީހުގެ ނަންބަރު 216-MPAO/I/2016/03 (9 ފެބުރުވަރީ 2016) އިޢުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތައްކޮށްދިނުމަށް އެކަށީގެންވާ އަދަދަކަށް ހުށަހެޅުން ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި އޮފީސް ހިންގަން ހޯދާފައިވާ އާ އޮފީސް ޖާގައަށް ބޭނުންވާ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

-  ފާޓިޝަންޖެހުން

-  ކާޕެޓްއެޅުން

-  ބްލައިންޑްސް ހަރުކުރުން

-  ފަރުނީޗަރު ސަޕްލައިކޮށްދިނުން


މިކަމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.


މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 09 މާރިޗު 2016 ވާބުދަ ދުވަހުގެ މެންދުރުފަހު 14:00ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 16 މާރިޗު2016ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް


މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު 20379

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރ: 1441

ފެކްސް: 3307759

އީމެއިލް: [email protected]