Tender: Implementing a wireless network

ވަޔަރލެސް ނެޓްވޯރކް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ވަޔަރލެސް ނެޓްވަރކެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއޮފީހުން ކޮށްފައިވާ ނަންބަރު 216-MPAO/I/2016/26 (04 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅަން ވަޑައިގެންނެވި ފަރާތްތައް އެކަށީގެންވާ ޢަދަދަށްވުރެ މަދުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި އޮފީހުގެ އާއިމާރާތް، ޢުމަރު ޝޮޕިންގ އާކޭޑް ޢިމާރާތުގެ 8 އަދި 9 ވަނަ ފަންގިފިލާގައި ވަޔަރލެސް ނެޓްވަރކެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  


ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 31 އޮކްޓޫބަރު 2016ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (މޫކައި ސުއިޓްސްގެ 6 ވަނަ ފަންގިފިލާ)

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އަށް ގުޅުއްވުން އެދެމެވެ.